Showing posts with label campaign loanchukurany. Show all posts
Showing posts with label campaign loanchukurany. Show all posts

Thursday, March 18, 2010

Anti smoking campaign ( nadella anhenu dunfathuge isthiumaalu kurumun duru kurumuge campaan ifthithaahu kurun

ބައިނަލް އަޤްވާމީ ޢާއިލާތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 18 މާރޗް 2010 ދުވަހުގެރޭ ބޭއްވުނު ޚާއްސަ ހަފްލާގައި ދުވަހާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އިތުރުން 1431 ވަނަ އަހަރު ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު މަދަޙަ މުބާރާތުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުން އޮތެވެ.
އަދި މިހަފްލާގައި ޚާއްސަކަމެއްގެ ގޮތުން ނަޑެއްލާ އަންހެނުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލި ކުރުމުގެ ކެމްޕޭން ލޯންޗް ކުރުން އޮތެވެ. ނަޑެއްލާ އަންހެނުންނަކީ ކުރިން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލާ އެކަމުގެ ލިޔުން ޙާސިލް ކޮށްފައިވާ ބަޔަކަށްވުމާއެކު 18 މާރޗް 2010 ވަނަ ދުވަހުގެރޭ މިފެށުނު ކެމްޕޭނަކީ ސިލްސިލާކޮށް ކުރިއަށް ގެންދާގޮތަށް ރާވާފައިވާ ކެމްޕޭނެކެވެ. މިކެމްޕޭން ލޯންޗް ކުރުމުގެ ކުރިން ކުރެވުނު ސާރވޭއަކުން ދައްކާގޮތުން ނަޑެއްލާގައި މިހާރު ދުންފަތުގެ އިސްތިޢުމާލްކުރާ އަންހެނުންގެ ޢަދަދަކީ 27 އެވެ. މިކެމްޕޭނުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެވެ. މިކެމްޕޭނުގެ މަޤްޞަދަކީ ނަޑެއްލާ އަންހެނުން ދުނަފަތާ ދުރުކުރުމެވެ





މިކެމްޕޭނަށް ތަކެތީގެ އެހީތެރިކަން ފޯރުކޮށް ދީފައިވަނީ އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ފަރާތުންނެވެ.