news


     ނިވާގެ  / ގދ. ނަޑެއްލާ
ދިވެހިރާއްޖެ                                   
                                                ނަންބަރު: NIDS/NEWS/2010/01

ޚަބަރަށްދޭ މަޢުލޫމާތު

ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ ( ނިޑުސް ) އިން އިސްނަގައިގެން ސަރުކާރު މުޢައްސަސާތަކާއި ނަޑެއްލާ ޖަމްޢިއްޔާތަކާއި އަންހެނުންގެ ކޮމެޓީއާއި ގުޅިގެން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަފުލާއެއް ބާއްވައިފި:


            18 މާރޗް 2010 ދުވަހުގެރޭ 20:30 ގައި ފެށުނު މިހަފްލާ ޝަރަފްވެރިކޮށްދެއްވީ ނަޑެއްލާ ކަތީބް އަލްފާޟިލް އިބްރާހިމް ޢަބްދުލްކަރީމްއެވެ. ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވުނު މިހަފްލާގައި ދުވަހާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ އިތުރުން 1431 ވަނަ އަހަރުގެ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނިޑުސް އިން ބޭއްވި މަދަޙަ މުބާރާތުގެ ބައިވެރިންނަށާއި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުން އޮތެވެ.
            މިހަފްލާގައި ޚާއްސަ އައިޓަމެއްގެ ގޮތުގައި ހިމެނިފައިވާ ނަޑެއްލާ އަންހެނުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލި ކުރުމުގެ ކެމްޕޭން ލޯންޗް ކުރުންވެސް އޮތެވެ. ނަޑެއްލާ އަންހެނުންނަކީ ކުރިން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލާ އެކަމުގެ ލިޔުން ޙާސިލް ކޮށްފައިވާ ބަޔަކަށްވުމާއެކު 18 މާރޗް 2010 ވަނަ ދުވަހުގެރޭ މިފެށުނު ކެމްޕޭނަކީ ސިލްސިލާކޮށް ކުރިއަށް ގެންދާގޮތަށް ރާވާފައިވާ ކެމްޕޭނެކެވެ. މިކެމްޕޭން ލޯންޗް ކުރުމުގެ ކުރިން ކުރެވުނު ސާރވޭއަކުން ދައްކާގޮތުން ނަޑެއްލާގައި މިހާރު ދުންފަތުގެ އިސްތިޢުމާލްކުރާ އަންހެނުންގެ ޢަދަދަކީ 27 އެވެ. މިކެމްޕޭނުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެވެ. މިކެމްޕޭނުގެ މަޤްޞަދަކީ ނަޑެއްލާ އަންހެނުން ދުނަފަތާ ދުރުކުރުމެވެ.

އިތުރު މަޢުލޫމާތު: އަޙުމަދު ފިރާޒު  7626434 960 ( ނިޑުސްގެ  ޗެއާރ ޕާރސަން )
ޓީވީ މޮލްޑިވްސް
ދިވެހިރާއްޖޭގެ އަޑު
ހަވީރު ނޫސް
އާފަތިސް ނޫސް
މިއަދު ނޫސް   

                                                       އަޙުމަދު ފިރާޒު
                                                 ( ޗެއާރ ޕާރސަން - ނިޑުސް )